10 ޖޫން 2025 - 11:00

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ބުނީ އެ ޕާޓްނާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށެވެ.
ކެޓްރީނާއަކީ ބޮލީވުޑްގައި އެންމެ ކާމިޔާބު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. ފިލްމީ ދާއިރާގެ ކާމިޔާބީތަކުގެ އިތުރުން، ވިޔަފާރީގައި ވެސް އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭނާއަށް ވަނީ ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ވެސް ލިބިފަ އެވެ.
ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ހައިސިއްޔަތުން، ކެޓްރީނާ ބުނީ ރާއްޖެއަކީ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށެވެ. ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ އެ މަގާމަށް ކެޓްރީނާ ކަހަލަ ނުފޫޒުގަދަ ތަރިއަކު ހަމަޖެއްސުމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެ، ގްލޯބަަލް ބްރޭންޑް އެމްބެސެޑަ ކެޓްރީނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ސަމާ ސޭލް ކެމްޕޭނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލަ އެވެ. އިނގިރޭސިވިލާތް، ރަޝިއާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި މި ކެމްޕޭން ކުރިއަށްދާނެ އެވެ. އެ ތަފާތު އަދި ޒަމާނީ ހަރަކާތްތައް ފަރުމާކޮށްފައި ވަނީ ހޫނު މޫސުމުގައި ދަތުރުކުރަން ބޭނުންވާ ޓޫރިސްޓުންނަށް ހާއްސަކޮށްގެންނެވެ.