05 ޖޫން 2025 - 10:20

މަސްތުވާތަކެތީގެ މައްސަލައެެއްގައި މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި މީހަކު ރޭ މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ރޭ ދަންވަރު މަރުވެފައި ވަނީ ނ. މާފަރު، ހިތްފަސޭހަގޭ، މޫސާ ހަސަން އެވެ.
ކަރެކްޝަނުން ބުނީ އުމުރުން 45 އަހަރުގެ އެ މީހާއަކީ މިދިޔަ އޭޕްރީލް މަހު އިމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި މީހެއް ކަމަށެވެ. އެ މީހާ އަށް ދިމާވި ސިއްހީ ހާލަތަކީ ކޮބައި ކަމެއް ޖަލުން މީހުން ބަލަހައްޓާ އިދާރާ އިން ނުބުނެ އެވެ.
މޫސާ ހަސަނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އައި މީހެކެވެ.
ކަރެކްޝަންސް އިން ބުނީ އޭނާ މަރުވި މައްސަލަ ފުލުހުންނާއި އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށެވެ.