މަސްހިފަން ފޭބި މީހާ ފެނިއްޖެ
މަސްހިފަން ފޭބި މީހާ ފެނިއްޖެ

ސަމަދު ފެނުނީ އޭނާ މަސްހިފަން ދިޔަ މަހަކަންފުށި ކައިރިން މޫދު އަޑީގައި އޮއްވައި.

ގަމު ކައުންސިލުން ދެންމެ ބުނީ ސަމަދު މިހާރު ފެނިފައިވާ ކަމަށާއި އޭނާ އަށް ފަރުވާ ދެމުން އަންނަނީ އެ ރަށު ހޮސްޕިޓަލްގައި ކަމަށް. އޭނާގެ ހާލަތާ ގުޅޭ ގޮތުން ހޮސްޕިޓަލުން އަދި ވަކި އެއްޗެއް ނުބުނޭ.

ލ. ގަން ކައިރީގައި އޮންނަ ފަޅުރަށެއް ކައިރިއަށް މަސްހިފަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ތުނޑީ، ފެސްފަރީ، އަބުދުލްސަމަދު މުހައްމަދު (ސަމަދު) އެވެ. އޭނާގެ އުމުރު އަދި ޔަގީން ނުވެ އެވެ.

ފުލުހުން ބުނީ، މަހަކަންފުށި ކައިރިއަށް މަސްހިފަން ފައިބައިގެން އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 9:50 ހާއިރު ލިބިފައިވާ ކަމަށެވެ.

"އެ މީހާ ގެއްލިފައިވާ މައްސަލައިގެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

ގަމު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސްހިފަން ދިޔަ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

ސަމަދު ހޯދުމުގެ މަސައްކަތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުން އެދޭ ކަމަށް ކައުންސިލުން ބުންޏެވެ.