04 ޖޫން 2025 - 10:43

ހުޅުމާލޭ ހިޔާ ޕާކު ސަރަަހައްދުގައި ބިދޭސީއަކަށް ރޭ ހަމަލާދިން މައްސަލައިގައި ކުޑަކުއްޖަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިޔާ ޕާކުގައި ބިދޭސީއަކާ ދެމެދު ހިންގި ހަމަނުޖެހުމާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖަކު، އެ އިދާރާގެ ބެލުމުގެ ގެނެސްފައިވާ ކަމަށެވެ.
މާރާމާރީގައި އަނިޔާވީ އިންޑިއާ ފިރިހެނަކަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ފިރިހެން މީހާގެ ހާލު ސްޓޭބަލް ކަމަށެވެ.