ފޯރިގަދަ ގޯލްޑް ކަޕުގައި މި އަހަރު 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލައިފި
ފޯރިގަދަ ގޯލްޑް ކަޕުގައި މި އަހަރު 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލައިފި

ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށްގެން މިދިޔަ އަހަރު އަމިއްލަ ފަރާތްތަކުން މުޅިން އަލަށް ބާއްވަން ފެށި ގޯލްޑް ކަޕްގައި ޖުމުލަ 28 ޓީމަށް ވާދަކުރުމުގެ ފުރުސަތު ދޭ ގޮތަށް އާ ފޯމެޓް އެކުލަވާލައިފި އެވެ.

ފޯރިގަދަ ގޯލްޑް ކަޕުގައި މި އަހަރު 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލައިފި
ފޯރިގަދަ ގޯލްޑް ކަޕުގައި މި އަހަރު 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލައިފި

ފުޓްބޯޅައިގެ ފޯރި ގަލޮޅު ދަނޑަށް އަލުން ގެނެސްދިން ގޯލްޑް ކަޕްގެ އާ ފޯމެޓް މުބާރާތް އިންތިޒާމު ކުރާ "ނައިންޓީ ޕްލަސް" އިން އެކުލަވާލީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޯއިން ޖާގަ ލިބޭ ގޮތަށެވެ.

ފޯރިގަދަ ގޯލްޑް ކަޕުގައި މި އަހަރު 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލައިފި
ފޯރިގަދަ ގޯލްޑް ކަޕުގައި މި އަހަރު 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލައިފި

އިންވިޓޭޝަން އުސޫލުން ދެ ޖާގަ ހާއްސަ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ ރާއްޖޭގެ ފަސް ސިޓީގެ ތެރެއިން މިދިޔަ އަހަރު މުބާރާތުގައި ވާދަ ނުކުރާ ދެ ސިޓީ ކަމަށްވާ ކުޅުދުއްފުއްޓާއި ތިނަދުއަށް އަމާޒުކޮށެވެ.

ބާކީ 18 ޖާގަ ކޮލިފައިން މަރުހަލާއިން ކަނޑައަޅާނެ އެވެ. ކޮލިފައިން ކުރިއަށްދާނީ އަތޮޅު މުބާރާތެއްގެ ގޮތުގަ އެވެ. ކޮލިފައިން ކުރިއަށްދާނީ އެ އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގަ އެވެ.

ކޮލިފައިން ކުރިއަށްގެންދާނީ އަތޮޅު އަދި ރަށު ކައުންސިލްތަކާ ގުޅިގެން ކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ.

މި އަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ކަށަވަރުވެފައިވާ ޓީމުތަކަކީ، ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.

- ޖުމުލަ 28 ޓީމު

- މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް އޮޓޮމެޓިކް ކޮލިފައިން

- އިންވިޓޭޝަން ޖާގަ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަށް

- ބާކީ 18 ޖާގަ އަތޮޅުތަކުގެ ކޮލިފައިން މަރުހަލާއިން މޮޅުވާ ޓީމުތަކަށް

ބާކީ 18 ޖާގައިގެ ކޮލިފައިން ބައެއް އަތޮޅުތަކުގައި އަންނަ މަހު ފަށަން މަސައްކަތް ކުރާކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ. ކޮލިފައިންގައި ބައިވެރިވުމުގެ ފުރުސަތު ކުރިއަށް އޮތް ބޮޑު އީދު ބަންދަށް ފަހު ހުރިހާ އަތޮޅެއްގެ ރަށްތަކަށް ހުޅުވާލާނެ ކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ.

މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ.

ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.

ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.

މުބާރާތް ބާއްވަން ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެ ކުންފުނިން ބުނީ މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ އެފްއޭއެމުން އާންމު ކުރާ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ތާރީހު އިއުލާން ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ.