03 ޖޫން 2025 - 23:25

ހިޔާ ފްލެޓު ޕާކް ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ 2 ގައި ބިދޭސީއަކަށް ހަމަލާދީގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "މިހާރު"އަށް ބުނީ ތޫނު އެއްޗަކުން ހަމަލާދިނުމުން ބިން މައްޗަށް ލޭ ވެސް އެޅިފައިވާ ކަމަށެވެ. އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ސްޓެރަޗުގައި، ފުލުހުންނެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.