03 ޖޫން 2025 - 11:03

އދ. މާމިގިލީގައި ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހަތް ތަނެއް ބަލައިފާސްކޮށް 9.68 ގްރާމްގެ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އެ ރަށުގެ ފަސް މީހެކެވެ. އެއީ:
- ރިސްވާން އިބްރާހިމް، 30، ރީފްސައިޑް
- އަހުމަދު ފިރުޝާން، 28، ވިލެޖް
- މުހައްމަދު ޝަހުދު، 27، ރޯޅި
- މުހައްމަދު މަހްމޫދު، 34، ކުވައިތު
- އަލީ ޝާނީޒް، 39، އެވަރެސްޓް
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި މުހައްމަދު މަހްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އަހުމަދު ފިރުޝާން އާއި މުހައްމަދު ޝަހުދުގެ އިތުރުން އަލީ ޝާނީޒަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.