ޣައްޒާގައި ހަ ކުދިންގެ ބައްޕަޔަކު ޝަހީދުކޮށްލީ "ޕާން ފޮއްޗެއް ހޯދަން" ދިއުމުން
ޣައްޒާގައި ހަ ކުދިންގެ ބައްޕަޔަކު ޝަހީދުކޮށްލީ "ޕާން ފޮއްޗެއް ހޯދަން" ދިއުމުން

ފަލަސްތީނުގެ ޣައްޒާގައި އެހީގެ ސާމާނު ބަހާ ތަނެއްގެ ކައިރީގައި އާންމުންގެ ތެރެއަށް އިޒްރޭލުން ބަޑިޖަހައި ޝަހީދުކޮށްލި މީހުންގެ ތެރެއިން ހަ ކުދިންގެ ބައްޕައެއް ކަމަށްވާ ހުސާމް ވާފީގެ މަރުން ލިބުނު ހިތްދަތިކަން ބޮޑެވެ. ކާނާ ލިބޭނެ މަގުތައް އިޒްރޭލުން ބަންދުކޮށްފައި ބާއްވާތާ އެތައް މަހެއް ފަހުން ދޭން ފެށި އެހީ ހޯދަން އެތައް ހާސް ބަޔަކު ޖަމާވި އިރު ހުސާމް އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ދިޔައީ އޭނާގެ އާއިލާއަށް ކާންދޭނެ އެއްޗެއް ނެތުމުންނެވެ.

ޣައްޒާގައި ހަ ކުދިންގެ ބައްޕަޔަކު ޝަހީދުކޮށްލީ "ޕާން ފޮއްޗެއް ހޯދަން" ދިއުމުން
ޣައްޒާގައި ހަ ކުދިންގެ ބައްޕަޔަކު ޝަހީދުކޮށްލީ "ޕާން ފޮއްޗެއް ހޯދަން" ދިއުމުން

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި ހުސާމް ހިމެނެނީ އެހީ ބަހާ މަރުކަޒެއްގެ ކައިރީގައި އިޒްރޭލުން ދިން ހަމަލާގައި ޝަހީދުވި 31 މީހުންގެ ތެރޭގަ އެވެ.

ޣައްޒާގައި ހަ ކުދިންގެ ބައްޕަޔަކު ޝަހީދުކޮށްލީ "ޕާން ފޮއްޗެއް ހޯދަން" ދިއުމުން
ޣައްޒާގައި ހަ ކުދިންގެ ބައްޕަޔަކު ޝަހީދުކޮށްލީ "ޕާން ފޮއްޗެއް ހޯދަން" ދިއުމުން

"އޭނާ ދިޔައީ އަންހެން ދަރިންނަށް ކާންދޭން އެއްޗެއް ލިބޭތޯ... އެނބުރި އައީ ފުރާނަ ނެތް ހަށިގަނޑު،" ހުސާމްގެ މަންމަ ނަހްލާ ވާފީ، ހުއްޓުމެއް ނެތި ރޮމުން ވާހަކަ ދެއްކި އެވެ.

އާދީއްތަ ދުވަހު އިޒްރޭލުން ޝަހީދުކޮށްލި މީހުންގެ ތެރޭގައި ނަހްލާގެ މި ދަރިފުޅުގެ އިތުރުން އެހެން ފިރިހެން ދަރިއަކާއި ބޮޑުދައިތަ ކިޔާ ކުއްޖަކު ވެސް ހިމެނެ އެވެ.

ހުސާމް ވާފީ އޭނާގެ ކޮއްކޮ އާއި ދެބެއިންގެ ދެ ދަރި ކުއްޖަކާ އެކު ޝަހީދުވީ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހް އަލަށް ގާއިމުކުރި، އެހީ ދޭ މަރުކަޒެއްގެ ކައިރިންނެވެ.

"އެ މީހުން އުޅުނީ ފުށް ގަންނަން. އެކަމަކު ޑްރޯން އައިސް ވެއްޓުނީ އެ މީހުންގެ ގައިމައްޗަށް،" މާމަ ކިޔާ ހަތަރު އަންހެން ދަރިން މަސަލަސްކުރަމުން، ނާސިރު ހޮސްޕިޓަލްގެ ކޯޓްޔާޑްގައި ހުރެ ނަހްލާ ކިޔައިދިނެވެ.

އޭރު ހުސާމްގެ ކުޑަކުޑަ ދަރިންތައް ބައްޕައަށް ގޮވައި ހަށިގަނޑުގައި ބޮސްދެމުން ދިޔަ އެވެ.

އެ ހިތްދަތި މަންޒަރު ބަލަން އެތައް ބަޔަކު ހޮސްޕިޓަލްގެ ބޭރުގައި ހުސާމްގެ މައްޗަށް ކުރާ ކަށުނަމާދުގައި ބައިވެރިވާން މަޑުކޮށްލައިގެން ތިއްބެވެ.

ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާއަށް ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާއާ ގުޅިގެން އިޒްރޭލަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން އެޅި ހުރަސްތަކާ އެކު ޣައްޒާގެ މުޅި އާބާދީ އޮތީ ނުރައްކަލުގައި ކަމަށް އދ. އިން ދަނީ ބުނަމުންނެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ބުނީ ރަފަހްގައި ހުންނަ އެ މީހުންގެ ފީލްޑް ހޮސްޕިޓަލަށް އާދީއްތަ ދުވަހު 179 މީހަކު ފަރުވާއަށް ގެނައި ކަމަށާއި އޭގެ ތެރޭގައި 21 މީހަކު މަރުވެފައިވާ ކަމަށެވެ. ޒަހަމްވެގެން އައި އެންމެން ވެސް އެ މީހުންނަކީ އެހީ ހޯދަން ގޮސް އުޅެނިކޮށް ބަޑީގެ ހަމަލާތަކާއި ގޮވުންތަކުގެ ސަބަބުން ޒަހަމްވި މީހުން ކަމަށް ބުނެފައިވާ ކަމަށް އައިސީއާރުސީން ބުންޏެވެ.

ނަމަވެސް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކާއި އެމެރިކާ އާއި އިޒްރޭލުގެ އެހީތެރިކަމާއި ޑިސްޓްރިބިއުޝަން ސެންޓަރުތައް ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ވަނީ އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ބުނެފަ އެވެ. އަސްކަރިއްޔާއިން ބުނީ ރަފަހް ޑިސްޓްރިބިއުޝަން އޭރިއާގެ އެއް ކިލޯމީޓަރު ދުރުން ސިފައިންނާ ދިމާލަށް، ފަތިސް ވަގުތު އައި ބަޔަކާ ދިމާލަށް "އިންޒާރު ދިނުމުގެ ގޮތުން" ބަޑި ޖެހި ކަމަށެވެ.

މަންޒަރު ދުށް މީހަކު އޭއެފްޕީއަށް ކިޔައިދިން ދިން ގޮތުގައި ޑިސްޓްރިބިއުޝަން ސެންޓަރަށް ދާން އެތައް ހާސް ބަޔަކު، އަލްއަލަމް ޖަންކްޝަންގެ ނަމުން ނަންދީފައިވާ ތަނަކަށް މެންދަމުން އަލިވެ 2:00 އިން ފަތިހު 4:00 އާ ދެމެދު އެއްވި ކަމަށެވެ. -- އޭއެފްޕީ