އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ
އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ

އޮސްޓްރޭލިއާއިން އެމްއެންޑީއެފްއަށް "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމައިފި އެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ
އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ

އެކަން އިއުލާންކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބަންޑާރަ ކޮށީގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ
އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ

އެ ބައްދަލުވުމުގައި ރިޗާޑް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ބޯޓު ބަނުމުގެ މަސައްކަތް ކަމަށާއި އަދި އަންނަ އަހަރު އެ މަސައްކަތް ނިންމައި، އެމްއެންޑީއެފްއާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮސްޓްރޭލިއާގައި ބަންނަ އެ ބޯޓަކީ ދެ ގައުމުގެ ގުޅުން ހާމަކޮށްދޭ ރަމްޒެއް ކަމަށް ރިޗާޑް ވިދާޅުވި އެވެ.

"މިއީ ހަމައެކަނި އަސްކަރީ އުޅަނދެއް ނޫން. މީގެން އެނގިގެންދަނީ ރާއްޖެއާ [އޮސްޓްރޭލިއާއާ] ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދާކަން،" ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް އެ ގައުމުގެ އެހީތެރިކަން ލިބޭނެކަން ފާހަގަ ކުރައްވައި، ރިޗާޑް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ އެ ބޯޓަކީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޮސްޓްރޭލިއާއިން ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ.

އެ ބޯޓުގެ އިތުރުން މަލްޓި-ބީމް އިކޯ ސައުންޑާ އާއި ހައިޑްރޯގްރެފިކް އިކުއިޕްމަންޓް އަދި ކެޕޭސިޓީ ބިލްޑް ކުރުމަށް ވެސް އޮސްޓްރޭލިއާއިން އެހީތެރިވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ވަސީލަތްތަކުގެ ސަބަބުން އިގްތިސާދީ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.