02 ޖޫން 2025 - 10:00

މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލައިފި އެވެ.
ސިމްފަނީ ރެސްޓޯރަންޓް ކައިރީ އޮންނަ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ 3:10 ހާއިރު އެވެ.
އެ މާރާމާރީގައި އަނިޔާވީ އުމުރުން 31 ބަންގްލަދޭޝް ފިރިހެނަކަށެވެ. އެ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ. ނަމަވެސް އެ މީހާ މިހާރު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެ މައްސަލާގައި އިތުރު މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
މިއީ ދިވެހި ގްރޫޕަކާއި ބިދޭސީ ބައެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށްވެ އެވެ. އެކަމަކު މާރާމާރީ ހިންގަން މެދުވެރިވީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.