މަޝްހޫރު އެކްޓިވިސްޓުން އެހީއާ އެކު ޣައްޒާއަށް ފުރަނީ
މަޝްހޫރު އެކްޓިވިސްޓުން އެހީއާ އެކު ޣައްޒާއަށް ފުރަނީ

އިޒްރޭލުން ޣައްޒާ ބަންދުކޮށްފައި ބޭއްވުމާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އެކްޓިވިސްޓުންގެ ކޯލިޝަނަކުން ޣައްޒާއަށް އެހީ ހިފައިގެން ބޯޓެއް ސިސިލީއިން ފުރަން ތައްޔާރުވެއްޖެ އެވެ.

ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ މި ބޯޓު ކެޓާނިއާގެ ބަނދަރުން ފުރަން ހަމަޖެހިފައިވަނީ ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓު ގްރެޓާ ތަންބާގް ހިމެނޭ ގޮތަށް ގާތްގަނޑަކަށް ބާރަ އެކްޓިވިސްޓަކާ އެކު ކަމަށް މިޝަނަށް ތާއީދުކުރާ ގްރީންސް އެންޑް ލެފްޓް އެލަޔަންސްގެ ޑެޕިއުޓީ ލީޑަރު މާކޯ ގްރިމާލްޑީ އޭއެފްޕީއަށް ވިދާޅުވި އެވެ.

"މިއީ އާންމުންގެ ހިޔާލު ރަމްޒުކޮށްދޭ އުޅަނދެއް. ޣައްޒާގެ އިންސާނީ ހާލަތާ މެދު އިތުރަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ،" ގްރިމާލްޑީ ވިދާޅުވި އެވެ.

ފްރީޑަމް ފްލޮޓިލާ ކޯލިޝަނަކީ ޣައްޒާއަށް އިޒްރޭލުން ކުރިމަތިކުރާ ދަތިކަމާ ދެކޮޅަށް 2010 ވަނަ އަހަރު، އިންސާނީ އެހީ އާއި ސިޔާސީ އެކްޓިވިޒަމް ހިމެނޭ ގޮތަށް އުފެއްދި، ފަލަސްތީނަށް ތާއީދުކުރާ ސުލްހަވެރި ބައިނަލްއަގުވާމީ ހަރަކާތެކެވެ.

ރިޔަލުގައި ދަތުރުކުރާ ކުޑަ އުޅަނދެއް ކަމަށްވާ "މަޑްލީން" ގައި ކެޓާނިއާގެ އެތައް ސަތޭކަ ރައްޔިތުން ހަދިޔާކުރި މޭވާ ޖޫސް، ކިރު، ހަނޑޫ، ދަޅުގައި ބަންދުކުރި ކާނާ އަދި ޕްރޮޓީން ބާ ފަދަ ތަކެއްޗާ އެކު ޣައްޒާއަށް ދިއުމަށް މަސައްކަތްކުރާނެ އެވެ.

ފަލަސްތީނުގެ ބިމުގައި އެތަނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާއާ ގުޅިގެން އިސްރާއީލަށް ބައިނަލްއަގްވާމީ ފާޑުކިޔުންތައް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ. އަދި ޣައްޒާގައި މިހާރު އޮތީ ބަނޑުހައިހޫނުކަން އާންމުވެފައި އދ. އިން ވަނީ އިންޒާރު ދީފަ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ބުނި ގޮތުގައި މާޗް 18 ވަނަ ދުވަހު އިޒްރޭލުން އަސްކަރީ ހަމަލާތައް ވަރުގަދަކުރި ފަހުން އެ ސަރަހައްދުން މިހާތަނަށް 4،149 މީހަކު ޝަހީދުވެފައިވެ އެވެ. އަދި އޮކްޓޫބަރު 7، 2023 ގައި ފެށި މި ހަމަލާތަކުގައި 54،418 މީހަކު ވަނީ ޝަހީދުވެފަ އެވެ.