01 ޖޫން 2025 - 14:05

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލްތަކުގެ ދެ ވަނަ ސެޝަންގެ ކިޔެވުން މިއަދު ބަންދު ކޮށްފި އެވެ.
ދަރިވަރުން ސްކޫލްގައި ތިއްބައި 1:00ހާއިރު ކަރަންޓް ކެނޑުމާ އެކު، ދަރިވަރުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ސެޝަން ފެށިގަޑިއަށް ވެސް ކަރަންޓު ނުލިބޭތީ މިއަދު މެންދުރު ދަންފަޅީގެ ކުދިންނަށް ސްކޫލުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ. ކަރަންޓު އަންނާނެ އިރެއް ސްޓެލްކޯއަކުން ނުބުނެ އެވެ.
މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. އެއާއެކު ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.