އީދަށް 65 ރަށެއް ދިއްލާނެ، ބޮކިފައްޗާއި ގިޑިގެ ހަރުކުރަން ފަށައިފި
އީދަށް 65 ރަށެއް ދިއްލާނެ، ބޮކިފައްޗާއި ގިޑިގެ ހަރުކުރަން ފަށައިފި

ކުރިއަށް އޮތް ބޮޑު އީދުގެ އުފާފާޅުކުރަން، މާލޭގެ އިތުރުން 65 ރަށް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީން ގުޅިގެން ފަށައިފި އެވެ.

އީދަށް 65 ރަށެއް ދިއްލާނެ، ބޮކިފައްޗާއި ގިޑިގެ ހަރުކުރަން ފަށައިފި
އީދަށް 65 ރަށެއް ދިއްލާނެ، ބޮކިފައްޗާއި ގިޑިގެ ހަރުކުރަން ފަށައިފި

ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.

އީދަށް 65 ރަށެއް ދިއްލާނެ، ބޮކިފައްޗާއި ގިޑިގެ ހަރުކުރަން ފަށައިފި
އީދަށް 65 ރަށެއް ދިއްލާނެ، ބޮކިފައްޗާއި ގިޑިގެ ހަރުކުރަން ފަށައިފި

އޭގެ ފަހުން މުޅި ރާއްޖޭގައި ކުލަ ގަދަކޮށް އީދުގެ އުފާފާޅުކުރަން ލައިޓްތަކުން ދިއްލަ އެވެ. މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ސަރުކާރުގެ ހަރަދުގައި 65 ރަށެއް ވަނީ ދިއްލައިފަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ފިތުރު އީދަށް ކުލަބޮކިތައް ފޮނުވި ހުރިހާ ރަށެއް ބޮޑު އީދުގައި ދިއްލަން ނިންމާފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލަން ލައިޓް ހަރުކުރުމުގެ މަސައްކަތް މިިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި މިނިސްޓްރީގެ މުވައްޒަފުންނެވެ.

މިދިޔަ އީދުގައި ވަނީ ޖުމްހޫރީ މައިދާން ސަރަހައްދާއި މާލޭގެ އެކި މަގުތައް ލައިޓްތަކުން ދިއްލައި ޒީނަތްތެރިކޮށްފަ އެވެ. އަދި ތަފާތު ޑިޒައިންތަކަށް ހަދާފައިވާ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކާއި މާލޭގެ ޖުމްހޫރީ މައިދާން ޒީނަތްތެރިކުރި އެވެ.

މި އަހަރު މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މިދިޔަ އީދުގައި ވަނީ ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތް ވެސް ބާއްވައިފަ އެވެ.

މި އަހަރު ރަސްމީކޮށް އީދު ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ ތިން ރަށެއްގަ އެވެ. އެއީ ހއ ކެލަ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.