31 މެއި 2025 - 23:30

ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީ ދެ މީހަކު މިރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި އެވެ.
ފުލުހުން ބުނީ މިރޭ 8:20 ހާއިރު މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.
އެ މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށާއި އަނެއް މީހާއަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީ ހިންގުމަށްފަހު އެ މީހުންގެ ހަރަކާތްތައް ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފިރިހެނަކު ޓިޝޫއަކުން ނޭފަތް ކައިރި ސާފުކުރާ އިރު، ބިންމަތީ ގިނަ އަދަދަކަށް ލޭ ހުރެ އެވެ. އަދި އޭނާ ކައިރީގައި ފުލުހެއް ވެސް ހުރެ އެވެ.