ލޯންޗަކާއި ޓަގެއް ޖެހި އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެ
ލޯންޗަކާއި ޓަގެއް ޖެހި އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެ

އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި ޓަގު ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެ އެވެ.

ލޯންޗަކާއި ޓަގެއް ޖެހި އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެ
ލޯންޗަކާއި ޓަގެއް ޖެހި އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ މިއަދު ހަވީރު 3:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި އެމްޕީއެލްގެ ޖެޓީއަށް ވަންނަން ދިޔަ ޓަގެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެ ހާދިސާގައި ލޯންޗު ދުއްވަން އިން ކެޕްޓަނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ.

އެ އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ވަނީ އެ އެކްސިޑެންޓުގެ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަނީ "މައި އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗުގެ އަރިމަތިން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އަދި އެ ލޯންޗުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.