30 މެއި 2025 - 23:04

ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 196 ފުލުހަކު ފުރިހަމަކޮށް މިރޭ ދަސްވެނިވެއްޖެ އެވެ.
އައްޑޫގައި ހުންނަ ފުލުހުންގެ އެކަޑެމީގައި މިރޭ ވަނީ ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.
ފުލުހުން ބުނީ 39 ވަނަ އަސާސީ ތަމްރީން ކޯހުގައި 200 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އިރު، އޭގެ ތެރެއިން ކޯސް ފުރިހަމަކުރީ 196 ފުލުހަކު ކަމަށެވެ. ހަތަރު މަސްދުވަހަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ކޯސް ފެށީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި ދަސްވެނިންގެ ކިބައިގައި ފުލުހެއްގެ ހުންނަން ޖެހޭ ގާބިލުކަން މިހާރު ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް މިރޭ ވަނީ ހަނދާނީފިލާ އަރުވައިފަ އެވެ.
މި ފަހަރުގެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓެބަލް ހުސެއިން ތާއިމް އެވެ. އޭނާއަށް ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑު ދީފަ އެވެ.