ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް!
ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް!

ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ، ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އެ އަތޮޅު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ތުހުމަތުވާ ފަރާތް މިހާތަނަށް ހައްޔަރުކޮށްފައިނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ހާދިސާގެ އިތުރު ތަފްސީލެއް ނުދެ އެވެ.

އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއްވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.