26 މެއި 2025 - 13:35

ކޮރަޕްޝަން ހުއްޓުވަން ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އާއި ފަލަސްތީނުން އެއްބަސްވެއްޖެ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރަން މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ އޭސީސީގެ ރައީސް އާދަމް ޝަމީލް އަދި ފަލަސްތީނުގެ އޭސީސީގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ސައުދީ-މޯލްޑިވްސް އިންޓެގްރިޓީ ފޯރަމްގައި ސޮއިކުރައްވައިފަ އެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމަށް ފުރަތަމަ ހުށަހެޅީ ފަލަސްތީނުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން މައިގަނޑު ގޮތެއްގައި ކުރާނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރަން އެއްބާރުލުން ދިނުމުގެ މަސައްކަތްތަކެވެ. އޭގެ އިތުރުން މައުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާ ކުރުމާއި ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް އޭގެ ބޭނުމެވެ.