25 މެއި 2025 - 16:55

އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިންގައި، އެކަކުގެ ބޯ ފަޅާލައިފި އެވެ.
އެ މާރާމާރީ ހިންގީ ހުޅުމާލެ ބުރެވިގަސް މަގުގައި މިއަދު މެންދުރު 1:30 ހާއިރު އެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް ބެލިއިރު އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީ ހިންގައިގެން އުޅޭ ކަމަށާއި އެ މާރާމާރީގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި އެކެއްގެ ބޯ ފެޅި، ކުދި އަނިޔާތައްވެސް ލިބިފައިވާ ކަަމަށެވެ. އަދި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ނުބުނި ނަމަވެސް އެ ދެ މީހުން ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.