ކާނާ ހޯދަން އެއްވި މީހުންނަށް އިޒްރޭލުން ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލައިފި
ކާނާ ހޯދަން އެއްވި މީހުންނަށް އިޒްރޭލުން ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން މިއަދު ޣައްޒާގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި މަދުވެގެން 15 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެހީގެ ސާމާނު ބަހާ ތަނަކަށް ކާނާ ހޯދަން ގޮސް ތިއްބާ ހަމަލާދިނުމުން ޝަހީދުވި ފަސް މީހަކު ވެސް ހިމެނޭ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ކާނާ ހޯދަން އެއްވި މީހުންނަށް އިޒްރޭލުން ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލައިފި
ކާނާ ހޯދަން އެއްވި މީހުންނަށް އިޒްރޭލުން ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ ޝަހީދުވި މީހުންގެ ތެރޭގައި ޚާން ޔޫނިސްގައި ފަތިހު ގެޔަކަށް ހަމަލާ ދިނުމުން ޝަހީދުވި ދެމަފިރިއަކާއި އެ މީހުންގެ ދަރިން ވެސް ހިމެނޭ ކަމަށެވެ.

ކާނާ ހޯދަން އެއްވި މީހުންނަށް އިޒްރޭލުން ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލައިފި
ކާނާ ހޯދަން އެއްވި މީހުންނަށް އިޒްރޭލުން ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލައިފި

ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން އަލުން އެހީގެ ޓްރަކްތަކަކަށް ހުއްދަ ދީފައި ވާއިރު އެތަނަށް ކާނާ ހޯދަން އެއްވެ ތިބި ބަޔަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. ތަރުޖަމާނު ވިދާޅުވީ އެހީގެ ސާމާނު ހޯދަން އެއްވެ ތިއްބާ މިސައިލުން ހަމަލާދިނީ ޑްރޯނަކުން ކަމަށެވެ. އެ ހަމަލާގައި މަދުވެގެން ފަސް މީހަކު ޝަހީދުވި އެވެ.

ޝަހީދުވި މީހުންގެ ހަށިތައް ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އެ މީސްމީހުންގެ އާއިލާތަކުން އެތަނަށް ޖަމާވެ ހިތާމަ ފާޅުކޮށްފައިވެ އެވެ.

"ކުއްލިއަކަށް އެފް-16 އަކުން މިސައިލް ހަމަލާއެއްދީ މުޅި ގެ އެއްކޮށް ހަލާކުކޮށްލީ. ގޭގައި ތިބީ މުޅިން ވެސް އާންމުން -- ދައްތަ އާއި އޭނާގެ ފިރިމީހާ އާއި އޭނާގެ ދަރިން ވެސް ޝަހީދުވީ،" ހޮސްޕިޓަަލަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ވިސާމް އަލް މަދޫން އޭއެފްޕީއަށް ބުންޏެވެ.

"އަހަރެމެން އެ މީހުންގެ ހަށިތައް ފެނުނީ މަގުމަތިން. މި ކުޑަ ކުއްޖާ ކުރީ ކޮން ކަމެއްތަ [އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން] ނަތަންޔާހޫ؟."

މި ހަމަލާތަކާ ބެހޭ ގޮތުން އޭއެފްޕީން ސުވާލުކުރުން އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ވަކިވަކި ހަމަލާތަކާއި އެ ހަމަލާއެއް ދިން ސީދާ ލޮކޭޝަން ނޭނގި ހަމަލާތަކާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭނގޭނެ ކަމަށެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހަމާސް ޖަމާއަތާ އެކު ވީ އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލުމަށް ފަހު އަލުން ފެށީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.

އަލުން ހަމަލާތައް ފެށި ފަހުން ވެސް 3،747 މީހަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފައި ވާއިރު 2023 ގެ އޮކްޓޫބަރުން ފެށިގެން މިހާ ހަމަޔަށް ޝަހީދުވި އަދަދު ވަނީ 53،901 އަށް އަރައިފަ އެވެ.