މޯލްޑިވްސް އެކްސްޕޯގައި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" އަށް 1 ވަނަ
މޯލްޑިވްސް އެކްސްޕޯގައި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" އަށް 1 ވަނަ

މޯލްޑިވްސް އެކްސްޕޯ 2025ގައި ބައިވެރިވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިން އެއް ވަނަ ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" އަށް ލިބިއްޖެ އެވެ.

މޯލްޑިވްސް އެކްސްޕޯގައި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" އަށް 1 ވަނަ
މޯލްޑިވްސް އެކްސްޕޯގައި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" އަށް 1 ވަނަ

ރީޖަނަލް ސްކާޑާއަކީ 35 ރަށުގެ ކަރަންޓުގެ ހިދުމަތް، އެއް ވިއުގައަކުން ގުޅާލަން ސްޓެލްކޯއިން ދީފައިވާ ނަމެކެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާ އެ އިނާމް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި އެވޯޑު ލިބުމުން، ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ލިބުނު ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ ކަމަށެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށެއްގެ ގިނަ މައުލޫމާތުތަކެއް ސްކާޑާ މެދުވެރިކޮށް ލިބެ އެވެ.

އެ ސިސްޓަމް ތައާރަފް ކޮށްފައި ވަނީ ރަށުގެ އާބާދީގެ މައުލޫމާތާއި ރަށުގެ ކުޑަބޮޑު މިނާއި ރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއު ތަކުގެ މައުލޫމާތާއި އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތުތަކުގެ އިތުރުން ވިޔަފާރިތަކުގެ މައުލޫމާތު ވެސް އެނގޭނެ ގޮތަަށެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މި ފަހަރުގެ މައުރަޒުގައި ވަނީ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވެފަ އެވެ. އެ މައުރަޒު އާންމުންނަށް ހުޅުވާލާނީ މިރޭ ރޭގަނޑު 8:30 ގަ އެވެ.