22 މެއި 2025 - 22:33

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިރޭ ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވަނީ ޑްރަގްގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން ނުވަތަ މެތު ކަމަށެވެ.
މިއަދު އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 3،600 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް ސާފެއް ނޫނެވެ.
ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެެއްގެ ޑްރަގް ކަސްޓަމްސް އިން އަންނަނީ އަތުލައިގަންނަމުންނެވެ.
މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް އަތުލައިގަންނަ ޑްރަގާއެކު ހަވާލުކުރަނީ ފުލުހުންނާ އެވެ.