21 މެއި 2025 - 14:48

މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގައި ހިންގި މާރާމާރީއާ ގުޅިގެން 18 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި އެ ރޭ 12 ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި އެ ތަނުން އެކެއްގެ ބޯ ފަޅައިގެން ގޮސް އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފަ އެވެ.
އެ މީހުންނަށް އެރޭ ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސެއިން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އެ ރޭ ބުނެފައި ވަނީ މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގަތް ކަމަށެވެ.