20 މެއި 2025 - 15:10

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މުލީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުލީ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ.
މުލީގައި އަޅަން ހަވާލުކޮށްފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ ހަތަރު ފުލޯގެ އިމާރާތެއްގަ އެވެ.
މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.
މި ރަށު ހޮސްޕިޓަލުގެ އާ އިމާރާތެއް އަޅަން ސަރުކާރުން ނިންމީ، މިހާރު ހުރި އިމާރާތް ގިނަ ދުވަސްވެ، ވަރަށް ބޮޑަށް ބާވެފައި ހުރުމުންނެވެ.