20 މެއި 2025 - 09:14

ހުޅުމާލެ 2 ގައި ރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުން މިއަދު ބުނީ ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި ރޭގެ 12 ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި އެ ތަނުން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާދޭން ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެެވެ.
ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިންގި މީހުން ވަނީ ދެ ފޯނެއް ވެސް ފޭރިގަނެފަ އެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފުސީލެއް ނުދެ އެވެ.