ރައީސްގެ މަގާމު ހިމެނޭ ގޮތަށް އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ރައީސްގެ މަގާމު ހިމެނޭ ގޮތަށް އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ

ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްގެ މަގާމު ހިމެނޭ ގޮތަށް އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ރައީސްގެ މަގާމު ހިމެނޭ ގޮތަށް އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކޮށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމަށެވެ.

ރައީސްގެ މަގާމު ހިމެނޭ ގޮތަށް އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ރައީސްގެ މަގާމު ހިމެނޭ ގޮތަށް އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ

މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނުވަތަ ކައުންސިލް މެމްބަރެއް އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާ ނަމަ ރައްޔިތުންގެ ވޯޓަކުން ވަކި ކުރެވޭ ގޮތަށް ހަދައި އިސްލާހު ކުރުން ކަމަށެވެ.

"ޔައްރިތުންގެ ވޯޓުން ހޮވާ މެމްބަރެއް އެ ރައްޔިތުންނަށް ވަކި ކުރެވޭނެ ގޮތެއް ނެތް ދީފައެއް. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލު ކުރުމުގެ ފުރުސަތު، ރައްޔިތުން އޭނަ ވަކި ކުރަން ބޭނުން ވަންޏާ ވަކި ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެގޮތަށް ބަދަލު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ބަދަލު ގެނެސްގެން ނޫނީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭނެ ކަމަށެވެ.

"ޗެކް އެންޑް ބެލެންސެއް ނެތް. އެ މީހަކު ހަމަ ބޭނުން ގޮތަކަށް އުޅެމުން ދާންވީ، އެ މަގާމުގައި ހުންނާނެ ފަސް އަހަރު ވަންދެން. އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންގެ އަތަށް އެ ބާރު އަބަދު ވެސް ލިބޭ ގޮތަށް އޮތުން،" ރައީސް ވިދާޅުވި އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ.

އެގޮތަށް ނިންމުމުން ހަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާއި ނަމަވެސް އެ ކަން ނިންމާނީ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލް އުވާލައި ރަށު ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހަޅުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.