ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

މާލޭގައި ހުރި އެންމެ ދުވަސްވީ އެއް ޓޫރިސްޓު ހޮޓާ ކަމަށްވާ ނަސަންދުރަ ޕެލަސް ހޮޓެލް މޭ 2015 ގައި ބަންދުކުރި އިރު އެއީ ކައިވެނި ހަފުލާތަކާއި އެކުވެރިންގެ ހާއްސަ އެއްވުންތަކަށް މާލޭގައި އެންމެ ހާއްސަ ތަނެވެ. އޭގެ 10 އަހަރު ފަހުން އެ ތަން އަލުން ހުޅުވި އިރު މި ހާއްސަކަން އަނެއްކާ އެތައް ގުނައަކަށް އިތުރުވެއްޖެ އެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

"ބާސެލޯ ނަސަންދުރަ" ގެ ނަމުގައި އެންމެ ޒަމާނީ ފެންވަރުގެ ހޮޓަލަކަށް ބަދަލުވެއްޖެ އެވެ. މާލެ ސަރަހައްދުގެ ހޮޓާ ވިޔަފާރީގެ ސްޓައިލަށް އިންގިލާބީ ބޮޑު ބަދަލަކާ އެކު، އެއީ ލޯކަލް ޓޫރިޒަމްގެ މާލެ ސަރަހައްދުގެ ވިޔަފާރިތަކުގެ ލޭންޑްސްކޭޕް ވެސް ބަދަލުކޮށްލާނެ ރީތި "އައިކޯނިކް" އިމާރާތެކެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

ޖުމުލަ 16 ބުރީގެ އެ އިމާރާތުގެ އެންމެ މަތީގައި އިނދެ އެ ހޮޓަލުގެ އެކްޓިން ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ކެނިޓްރޮޓް ވިދާޅުވި އެންމެ މުހިއްމު ވާހަކައަކީ ވެސް އެއީ އެވެ. ބާސެލޯ އަކީ ސްޕެއިން އަދި ޔޫރަޕްގައި މަޝްހޫރު ބްރޭންޑެއްގެ ހޮޓެލް ޗެއިނެއް ކަމަށް ވިޔަސް އެ ކުންފުނިން ނަސަންދުރާގެ ނަން ދޫކޮށްލަން ބޭނުމެއް ނުވި އެވެ. ނަމުގައި ނަސަންދުރަ ހިމަނަން ބޭނުންވީ ނަސަންދުރާގެ ބްރޭންޑާއި އާންމުންނާ އޮތް ގުޅުން ގެއްލުވާ ނުލައި ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި އެ ހޮޓަލުގެ މަސައްކަތް 10 އަހަރުން ނިންމި އިރު، އޭނާ ވިދާޅުވީ، ކުރީގައި އޮތް ވަރުގަދަ ނަން، ހަމަ އެގޮތުގައި ކުރިއަށް ގެންގޮސް، އެ ހޮޓަލުގެ ނަން ދިވެހިންގެ ދިރިއުޅުމާ އަލުން ގުޅުވާލަން ބޭނުންވި ކަމަށެވެ. އަނެއްކާ ވެސް އެ ހޮޓަލާ އެކު، މުހިއްމު ދުވަސްތައް ފާހަގަކޮށް، އާ ހަނދާންތަކެއް އުފައްދައިދޭނެ ތަނަކަށް ހަދަން ބޭނުންވީ އެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

"ނަސަންދުރަ އަކީ ލޭންޑްމާކެއް. އެހެންވެ، އެކަން އެގޮތުގައި ބާއްވަން ވަރަށް މުހިއްމު އިސްކަމެއް ދެން. އަދި ނަސަންދަރު އެ މަޝްހޫރުކަމުގައި ދިވެހި ކޮމިއުނިޓީއަށް އަލުން ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" އެންރިކް ވިދާޅުވި އެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

އަލުން ހުޅުވިތާ އަދި ދެ ހަފުތާއެއްހާ ދުވަސްވީ ފަސް ތަރީގެ އެ ހޮޓާ ދިވެހިންގެ އޭރުގެ ހަނދާންތަކާ ގުޅުވާލަދޭން އެންރިކާއި އޭނާގެ ޓީމުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

އެންރިކް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ސިޓީތަކުގައި 300 އަށް ވުރެ ގިނަ ހޮޓާ ހިންގާ ބާސެލޯގެ ހޮޓާތަކުން އާންމުކޮށް ފެންނާނީ މެޑިޓެރޭނިއަން ސްޓައިލެވެ. ނަސަންދުރާއިން މެޑިޓެރޭނިއަން ޑިޒައިނާއި ރާއްޖޭގެ ސިފަތައް ވެސް ފެންނާނެ އެވެ. ހޮޓަލުގެ ލޮބީން ވެސް ފެންނަނީ، ރާއްޖޭގެ މޫދާއި ކަނޑުގެ ކުލަތައް ރަމްޒުކޮށްދޭ ޑިޒައިންތަކެވެ. ހޮޓަލުގެ އެކި ދިމަދިމާލުން ކަނޑުގެ ދިރުންތަކާއި ދިވެހިވަންތަ އާކިޓެކްޗާ ވެސް ފެންނަ އެބަ ހުއްޓެވެ. އެހެންވެ، މާލޭގައި ހުޅުވި އެންމެ ބޮޑު ސިޓީ ހޮޓަލުން ދިވެހި ވަންތަ ތަޖުރިބާއެއް ޓޫރިސްޓުންނަށް ލިބޭނެ ކަމަށް އެންރިކް ވިދާޅުވި އެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

"އެ ހޮޓަލާ މާލޭގައި ހުރި އެހެން ހޮޓާތަކުގެ އެންމެ ބޮޑު ތަފާތަކީ، އެންމެ ޒަމާނީ އާކިޓެކްޗާ އެ ހޮޓަލުން ފެންނާނެ. އެ ހޮޓަލަށް ވަންނަ އިރު ލޮބީން ވެސް ފެންނަނީ އެ ކަންކަން. ހޮޓަލުގައި ތިބެގެން ގެސްޓުންނަށް ހިތްހަމަޖައްސާލެވޭނެ ގިނަ ކަންކަން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

އެ ހޮޓަލުގައި 136 ކޮޓަރި ހިމެނޭ އިރު އޭގެތެރޭގައި 116 ސާވިސް އެޕާޓްމެންޓް ވެސް ހިމެނެ އެވެ. އަދި އޯޝަން ވިއު ލިބޭ 95 ކޮޓަރި ހިމެނެ އެވެ. އެ ހޮޓަލުން ހަތް ކެޓަގަރީއެއްގެ ކޮޓަރި ލިބެ އެވެ. އޭގެ ތެރޭގައި ސުޕީރިއާ އޯޝަން ވިއު، ސުޕީރިއާ އޯޝަން ފްރޮންޓް، ސުޕީރިއާ އޯޝަން ފްރޮންޓް ޑިލަކްސް، ފެމިލީ ރޫމް، ޖޫނިއާ ސުއީޓް އޯޝަން ވިއު، ޕްރެޒިޑެންޝަލް ވިލާގެ އިތުރުން ޕެނޮރެނިކް އޯޝަން ވިއު ހިމެނެ އެވެ. އަދި ހަ މީހުންނަށް ބޭނުން ކުރެވޭ، ޕެންޓްހައުސްއެއްގެ އިތުރުން ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ސާވިސް އެޕާޓްމެންޓްތައް ވެސް ހުރެ އެވެ.

ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން
ބާސެލޯ ދަމަހައްޓާނީ ނަސަންދުރާގެ ޝަރަފުވެރި ނަން

ބާސެލޯ ނަސަންދުރާގެ އެންމެ ހާއްސަ އެއް ސިފައަކީ، ކޮންމެ ކޮޓަރިއަކުން ވެސް މާލޭ ސަރަހައްދުގެ ގާތްގަނޑަކަށް 270 ޑިގްރީ ވިއުއެއް ލިބުމެވެ އެވެ. އަދި ރޫފް ޓޮޕަށް އެރުމުން ގާތްގަނޑަކަށް މި ސަރަހައްދުގެ 360 ޑިގްރީ ވިއު ލިބޭނެ އެވެ. އެންރިކް ވިދާޅުވީ، މާލެ ފަދަ ކާރޫބާރޫ ބޮޑު ތަނެއްގައި، މާލެ ވަށައިގެންވާ ސަރަހައްދު ފެންނަ ވިއު ލިބޭ ތަނެއްގައި މަޑުކޮށްލުމަކީ ގެސްޓުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެތަނުގައި ތިން ރެސްޓޯރެންޓާއި ދެ ސްނެކް ބާ އިން ވެސް ހިދުމަތް ލިބެ އެވެ. ރެސްޓޯރެންޓްތަކާއި ސްޕާ ހިދުމަތްތައް ހޮޓަލުގެ އިން ހައުސް ގެސްޓުންގެ އިތުރުން އާންމުންނަށް ވެސް ލިބޭނެ އެވެ.

ސާވިސް އެޕާޓްމެންޓްތައް އާންމުންނަށް ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. އަދި ޗައިނީސް ކުޒީން އަށް ހާއްސަ "ޑޮންސް ޗައިނީޒް ރެންޓޯރެންޓް" ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެންރިކް ވިދާޅުވި އެވެ.

● ޖުމްލަ ކޮޓަރި: 136

● 116 ސާވިސް އެޕާޓްމެންޓް

● ކޮންމެ ފްލޯއެއްގައި އެވްރެޖުކޮށް 15 ކޮޓަރި

● ތިން ރެސްޓޯރެންޓް: (އަލިމަސް ކެފޭ، އޮއިވަރު، ޑޮންސް ޗައިނީޒް ރެސްޓޯރެންޓް)

● ޕޫލް ބާ

● ބީ ހެވަން (ސްނެކް އެންޑް ޝީޝާ ބާ)

● ކޮންފަރެންސާއި މީޓިންތަކަށް ހާއްސަ އޭރިއާއެއް

ގެސްޓުންނަށް ހާއްސަކޮށް ޕޫލާއި ކުޑަކުދިންނަށް ހާއްސަ އިންޑޯ ޕްލޭ އޭރިއޭއާ ވެސް ވަނީ ހަދައިފަ އެވެ. އަދި ސްޕާ އާއި ޖިމްގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެންރިކް ވިދާޅުވީ، ބާސެލޯ ނަސަންދުރާގެ ކޮންމެ ދިމާލަކުން ވެސް ޔުނީކް ފީޗާތައް ފެންނާނެ ކަމަށާއި ރިސެޕްޝަން އޭރިއާގައި ހަދާފައިވާ ވޯކް އިން ލައިބްރަރީ އަކީ އެއް މިސާލުކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މާލޭގައި އެ ބްރޭންޑްގެ ހޮޓަލެއް ހުޅުވުމަކީ، މި ސަރަހައްދުގައި އެ ބްރޭންޑް ފުޅާކުރުމަށް އެޅި މުހިއްމު ބިންގަލެކެވެ. ކުރިއަށް އޮތްތަނުގައި އެ ބްރޭންޑުން އޭޝިއާ ސަރަހައްދަށް އިތުރު ޕްރޮޕަޓީތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންރިކް ވަނީ މީގެ ކުރިން ސްޕެއިންގެ ބާސެލޯގެ ހޮޓަލެއްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އެހެންވެ، އެ ބްރޭންޑުގެ ދަށުން ހޮޓެލްތަކުގައި މަސައްކަތް ކުރާތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ.

އެ ބްރޭންޑްގެ ދަށުން މިހާރު ވެސް ރާއްޖޭގައި ބާސެލޯ ބްލޫ ވޭލްގެ ނަމުގައި ރިސޯޓެއް ވެސް ހިންގަ އެވެ.

"ގެސްޓުން ނަސަންދުރަ އަށް ވަންނަ އިރު ގެސްޓުންނަށް ފައިވް ސްޓާގެ މަރުހަބާއެއް ކިޔާނެ. އަދި ޗެކިންވެ ކޮޓަރިއަށް ވަންނަ އިރު ވެސް ވަރަށް ފުރިހަމަ ހިދުމަތެއް ދެވޭނެ. ގެސްޓުންނަށް ރަނގަޅު ފެންވަރެއްގެ ކެއުންތައް ލިބޭނެ. ގޭސްޓްރޮނޮމީގެ ދާއިރާއިން މާލޭގައި އެންމެ ފާހަގަކޮށްލެވޭ ހޮޓަލަކަށް ހެދުމަށް މި އަންނަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ދެ ހަފުތާ ތެރޭގައި އެ ހޮޓަލުގެ ރެސްޓޯރެންޓްތަކަށް ދިވެހިންގެ ބޮޑު ޑިމާންޑެއް ވެސް ވަނީ އުފެދިފަ އެވެ. އެހެންވެ، އެކަން އިތުރަށް ފުޅާކޮށް، ދިވެހިންނަށް ބާސެލޯ ނަސަންދުރާގެ ރެސްޓޯރެންޓްތައް ހުޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެންރިކް ވިދާޅުވި އެވެ.

ބޮޑު ބަދަލަކާ ނަސަންދުރަ ދިވެހިންނަށް މިއަދު މި ފެންނަނީ، އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ލަގްޒަރީ ހޮޓަލެއްގެ ގޮތުގަ އެވެ. މެނޭޖްމަންޓް އޮތީ ދިވެހިންގެ އާ ޖީލަށް ވެސް އާ ތަޖުރިބާތަކެއް ކުރެވޭނެ، އާ ހަނދާންތަކެއް އުފެއްދޭނެ ތަނެއްގެ ގޮތުގައި ނަސަންދުރާގެ ނަން ދިރުވާށެވެ.