އެކި އުމުރުގެ މީހުންނަށް ނިދި ބޭނުންވާ މިންވަރު
އެކި އުމުރުގެ މީހުންނަށް ނިދި ބޭނުންވާ މިންވަރު

ގިނައީ އެކަށީގެންވާ ވަރަށް ނިދި ނުލިބޭ މީހުންނެވެ. އަދާކުރާ ވަޒީފާގެ ސަބަބުން ވަގުތު ނުވެގެން ނުނިދޭ މީހުންނާއި ކުޅިވަރާއި މަޖަލުގައި ނުވަތަ ފޯނާއި ލެޕްޓޮޕާ ކުޅުމުގައި ހޭދަކުރާ ވަގުތު ގިނަވެ ނިދަން ލިބޭ ވަގުތު ކުޑަވަނީ އެވެ.

ނިދި މަދުވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވެއްޖެ އެވެ. އެކަމަކު، ނިދަންވީ ކިހާ ވަރަކަށްތޯ ވެސް އެއީ ސުވާލުކުރެވޭ ކަމަކަށް މިހާރު ވަނީ ވެފަ އެވެ.

ނިދި ބޭނުންވާ މިންވަރު ބިނާވެގެން ވަނީ އެ މީހެއްގެ އުމުރަށެވެ. ލަންޑަނުގައި ހުންނަ ބޫޕާ ކްރޮމްވެލް ހޮސްޕިޓަލްގެ ނިއުރޯފިޒިއޮލޮޖީ އަނާ ނޮއިޔާ، އިންޑިޕެންޑެންޓަށް ވިދާޅުވެފައިވާ ގޮތުގައި އެކި މީހުންނަށް ނިދި ބޭނުންވާ މިންވަރު ތަފާތުވާނެ އެވެ. އެކަމަކު އުސޫލެއްގެ ގޮތުން މިކަން ބިނާވަނީ އުމުރަށެވެ.

އެކި އުމުރުގެ މީހުންނަށް ނިދި ބޭނުންވާ މިންވަރު ކަމަށް ނޮއިޔާ ވިދާޅުވި ގޮތަކީ މިއީ އެވެ؛

- އެންމެ ތުއްތުކުދިން: ދުވާލަކު 16-18 ގަޑިއިރު

- އުމުރުން ދެ އަހަރު: ދުވާލަކަށް 11-13 ގަޑިއިރު

- އުމުރުން ފަސް އަހަރު ފުރޭއިރު: ދުވާލަކު 10-12 ގަޑިއިރު

- ޓީންއޭޖްގައި: ދުވާލަކު 8-10 ގަޑިއިރު

- އުމުރުން 20 އަހަރަށް ފަހު: ދުވާލަކު 7-9 ގަޑިއިރު

- އުމުރުން 65 އިން މައްޗަށް ދިއުމުން ނިދި މަދުވެ އެވެ. އެގޮތުން އެވްރެޖަކީ 5-7 ގަޑިއިރުގެ ނިންޏެވެ. ނަމަވެސް ރަނގަޅު މިންވަރަކީ 7-8 ގަޑިއިރުގެ ނިންޖެވެ.

ނިދި ބޭނުންވާ މިންވަރު އުމުރާ ގުޅޭ ގޮތުން ބަދަލުވަނީ ސިކުނޑިއަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށް ނޮއިޔާ ވިދާޅުވި އެވެ.