12 މެއި 2025 - 11:02

ދޯންޏެއްގައި ގދ. ނަޑެއްލާއަށް ދިޔަ މީހަކު ނުފެނިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން ސުހާނީ، އާދަމް އިބްރާހިމް، 34، އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު 2:00 ހާއިރު އެ ރަށު ބަނދަރަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އޭނާ އެ ރަށަށް ފޭބި ކަމަށެވެ. ނަމަވެސް އެނބުރި ދޯންޏަށް ގޮސްފައި ނުވާތީ އާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ރޭ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ރޭ ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެ އާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 7909311 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.