11 މެއި 2025 - 12:30

ފެނަކައިން ކަަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގައި ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާ ކަމަށާއި މިދިޔަ ދެ މަހުގެ ބިލް އެއްވަރަށް ހަދާފައިވަނީ ޑިސްކައުންޓު ހިމަނައިގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ މެއި މަހުގައި ކަރަންޓު ބިލްތަކުން ޑިސްކައުންޓު ދިން ގޮތަށް މިދިޔަ މަހުގެ ބިލްތަކުން ވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ޑިސްކައުންޓު ދޭންޖެހުނީ މިދިޔަ މަހަކީ ވަރަށް ހޫނު ގަދަ މަހަކަށްވުމުގެ ސަބަބުން ކަރަންޓު ބިލްތައް ބޮޑުވެފައިވާތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އެ ޑިސްކައުންޓާ އެކު މިދިޔަ މަހުގެ ކަރަންޓު ބިލް ފޮނުވި އިރު އެ ބިލުގައި، ކަރަންޓު ބޭނުންކުރި މިންވަރާއި މާޗު މަހު ކަރަންޓު ބޭނުންކުރި އަދަދު އެއްވަރުވެފައި ވަނީ އެ ޑިސްކައުންޓުގެ ސަބަބުން ކަމަށް ބުންޏެވެ.
ސްޓެލްކޯގެ ކަރަންޓު ބިލްތަކުގައި ވެސް މިދިޔަ މަހާއި އޭގެ ކުރީ މަހުގައި ކަރަންޓު ބޭނުންކުރި މިންވަރު އޮތީ އެއްވަރަކަށެވެ. އެހެންވެ، ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނިކޮށް އެ ކުންފުނިން ވެސް ބުނީ އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނީ އެއީ ހޫނުގަދަ މަހަކަށް ވެފައި އާންމުކޮށް އެ މަހުގެ ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް "އިތުރު ލުޔެއް ދޭން" ކަމަށެވެ.
ދެ ބިލުގައި ވެސް ކަރަންޓު ބޭނުންކުރި ވަރު އެއްވަރަށް އޮތީ އެ ސަބަބާ ހުރެ ކަމަށް ސްޓެލްކޯ އިން ވެސް ވަނީ ބުނެފަ އެވެ.