07 މެއި 2025 - 12:17

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް 3.8 މިލިއަން ގަސް އެތެރެކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން، 30 އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގެ ތަފާސްހިސާބުތައް އާންމުކޮށް ބުނީ އެ މުއްދަތުގައި 405 ޝިޕްމެންޓް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެއީ 3.86 މިލިއަން ގަސް ކަމަށް މިނިސްޓްރީން ބުންޏެެވެ.
ރާއްޖެ އެތެރެކުރި ޝިޕްމަންޓްތަކުގެ ތެރެއިން ގަވައިދާ ހިލާފުވެގެން 37 ޝިޕްމެންޓެއް ހިފެހެއްޓި އެވެ. އޭގައި ހުރީ 4،732 ގަހެވެ.
މިނިސްޓްރީން ދޫކުރި 368 ޝިޕްމެންޓުގައި ހިމެނެނީ 3.86 މިލިއަން ގަހެވެ.
މިނިސްޓްރީން ބުނި ގޮތުގައި 35 ޝިޕްމެންޓުގައި ހިމެނޭ 4،408 ގަސް ވަނީ ނައްތާލައިފަ އެވެ. އަދި ލިޔެކިޔުންތައް ހަމަކުރުމުން ދެ ޝިޕްމެންޓެއް ދޫކޮށް، އޭގައިވާ 324 ގަސް ވަނީ ހަވާލުކޮށްފަ އެވެ.
ރާއްޖެއަށް ވިޔަފާރީގެ ބޭނުމަށް އެކި ގައުމުތަކުން މާގަހާއި އެކި ކަހަލަ މޭވާ އަޅާ ގަސްތައް އަބަދުވެސް އެތެރެކުރެ އެވެ. އެކަމަކު ގަސް ފަދަ ތަކެތި އެތެރެކުރުމަށް ހާއްސަ ހުއްދަތަކެއް ނަގަން ޖެހެ އެވެ.