06 މެއި 2025 - 21:08

ޕޯޗުގަލްގެ ކެޕްޓަން މަޝްހުރޫ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު ކްރިސްޓިއާނޯ ޑޮސް ސަންޓޯސް، ނުވަތަ ކްރިސްޓިއާނޯ ޖޫނިއާ އެ ގައުމުގެ 15 އަހަރުންދަށުގެ ގައުމީ ޓީމަށް ނަގައިފި އެވެ.
ރޮނާލްޑޯ ކުޅޭ ސްޓައިލާ ދާދި އެއްގޮތް ހުނަރުތަކެއް ހުރި އުމުރުން 14 އަހަރުގެ ޖޫނިއާ މިހާރު ކުޅެމުން ދަނީ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރުގެ 15 އަހަރުންދަށުގެ ޓީމަށެވެ.
ޖޫނިއާ ވަނީ އޭނާގެ ބައްޕަ ކުރިން ކުޅުނު ދެ ކްލަބް ކަމަށްވާ ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޖޫނިއާ ޓީމަށް ވެސް ކުޅެފަ އެވެ.
ޖޫނިއާ އަކީ ރޮނާލްޑޯގެ ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ.
ޕޯޗުގަލްގެ 15 އަހަރުންދަށުގެ ޒުވާން ޓީމު ތައްޔާރު ވަމުން ދަނީ ކޮރޮއޭޝިއާގައި ބާއްވާ އިންޓަނޭޝަނަލް ޖޫނިއާ މުބާރާތަކަށެވެ.
މި މަހު 13-18 އަށް ބާއްވާ މުބާރާތުގައި ޖަޕާނާއި ގްރީސް އަދި އިންގްލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅޭނެ އެވެ.
މިހާރު އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
އިންޓަނޭޝަނަލް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައިވާ ރޮނާލްޑޯގެ ޓާގެޓަކީ އަންނަ އަހަރުގެ ވޯލްޑް ކަޕް ޕޯޗުގަލް އަށް ކާމިޔާބުކޮށް ދިނުމެވެ.