06 މެއި 2025 - 17:25

ހުޅުމާލެ އިން ހިނގާފައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަން ދިޔަ އިންޑިއާގެ މީހަކު މަޑުކުރަން ފުލުހުން އެންގުމުން ވެސް އެ އަމުރަށް ތަބާނުވުމުން މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ހިނގާފައި އެއާޕޯޓަށް ވަންނަން ދިޔަ ރޯހިތު ކުމާރު ނަމަކަށް ކިޔާ އިންޑިއާގެ މީހަކު މަޑުކުރަން އެންގުމުން ދުއްވައިގަތީ ކަމަށެވެ. އެހެންވެ، އުމުރުން 23 އަހަރުގެ ޒުވާނާ ވަނީ 7:40 ހާއިރު ރުއްޖެހި މަގުން ހިފަހައްޓައިފަ އެވެ.
އެ މީހާއާ ގުޅޭ މައުލޫމާތު އިތުރަށް ބެލުމުން އެއީ ސްޕޮންސަރަށް ފިލައިގެން ރާއްޖޭގައި އުޅޭ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ އަންނަނީ ބަލަމުންނެވެ.