ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުން އައި ކުއްޖާ ހުޅުމާލެ 1 އިން ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. ފުލުހުން ބުނީ، އެ ކުއްޖާ ފެނުނީ މެންދުރު 12:18 ހާއިރު ކަމަށާއި ހާލު ރަނގަޅު ކަމަށް. އެ ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ކޮމެންޓެއް ފުލުހުން ނުދޭ.

ހުޅުމާލެ 2ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

އެ ދަރިވަރު ސްކޫލަށް ދާން ނުކުތީ ހިޔާ ޓަވަރު 8 އިން ކަމަށާއި އެކަމަކު އެ ކުއްޖާ ސްކޫލަށް ނުވަންނަކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލިގެން ހޯދާ ކުއްޖާގެ އުމުރުގެ ކުދިން ދާ ސްކޫލަކަށް ހުޅުމާލެ 2 ގައި ހުންނަނީ ސަލާހުއްދީން ސްކޫލެވެ.

އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިދިޔަ ހަފުތާގައި ވަނީ ހުޅުމާލެ ސްކޫލަކަށް ގެންދިޔަ ކުއްޖަކު ގޭޓުން ނުކުމެ ބޭރުގައި އުޅެނިކޮށް ވެސް ހޯދައިފަ އެވެ. އެ މައްސަލަ ވެސް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.