06 މެއި 2025 - 10:23

މިދިޔަ އަހަރުގެ ހުކުރު ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ހިމެނޭ ފޮތެއް އިސްލާމިކް މިނިސްޓްރީން ނެރެފި އެވެ.
މިނިސްޓްރީގެ އިސްލާމިކް ވަގުފު ލައިބްރަރީގައި އާންމުކޮށްފައިވާ މި ފޮތުގައި 35 މައުޟޫއަކާ ގުޅޭ ގޮތުން ކިޔާފައިވާ ހުތުބާ ހިމެނެ އެވެ.
އޭގެ ތެރޭގައި ސިހުރާއި ޝިރުކުގެ ނުބައިކަމުން ރައްކާތެރިވުމާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްލާމީ އުއްމަތުގެ ޒިންމާތަކާއި ގެވެށި އަނިޔާ އާއި ޖުވާގެ ނުބައިކަމާއި އާއިލީ ގުޅުން ދެމެހެއްޓުމުގެ އިތުރުން އަނބިދަރިންނަށް ހަރަދު ދިނުން ފަދަ ކަންކަމާ ގުޅޭ ހުތުބާތައް ހިމެނެ އެވެ.
އެ ފޮތް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
މީގެ ކުރިން ވެސް ކޮންމެ ހުކުރު ހުތުބާއެއް ކިޔުމުގެ ކުރިން މިނިސްޓްރީން ދިޔައީ އެ މިނިސްޓްރީގެ ވެބްސައިޓުގައި އެ އާންމުކުރަމުންނެވެ. އެކަމަކު މިއީ ހުތުބާގެ އިނގިރޭސި ތަރުޖަމާއެއް މިނިސްޓްރީން އާންމުކުރި ފުރަތަމަ ފަހަރެވެ.