05 މެއި 2025 - 21:54

މާލޭގެ މަގުމަތީގައި ހުރި މީހެއްގެ ގަޔަށް ވަޅިން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނިގޮތުގައި، ވަޅިން ހަމަލާދީ ޒަހަމް ކޮށްލީ ސަބުދެލިމަގުން ޗާނދަލިޔާ ބުކްޝޮޕް ކައިރީގައި ހުރި އުމުރުން 40 އަހަރުގެ މީހެކެވެ.
އެއީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އޭނާއަށް ހަމަލާދީފައިވަނީ ކޮން ބައެއް، ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން އަދި ނުބުނެ އެވެ. މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.