04 މެއި 2025 - 21:17

ދ. ވާނީ ގައި ޕޮލިސް ޓްރެއިނިން ސެންޓަރުގައި ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ވާނީގައި ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން ރޭ ފަތިހު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މެންދުރުގެ ވަގުތެއްގައި ވައިގެ މަގުން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
އޭނާގެ ހާލު ސީރިއަަސް ކަމަށް ވެސް ފުލުހުން ބުންޏެެވެ.
އެކަމަކު އޭނާގެ ހާލު ސީރިއަސްވީ ކޮން ކަމެއްގެ ސަބަބުން ކަމެއް ފުލުހުން ނުބުނެ އެވެ.