"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

މިދިޔަ ހަފުތާގައި ޕްރިމިއާކޮށް އޮލިމްޕަހުގައި ޝޯތައް ދައްކަމުން އަންނަ ދިވެހި ފިލްމު "އަބަދަށް" އަށް އަކީ "މާސްޓަޕީސް"އެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފި އެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

ހުސެއިން ނޫރައްދީން ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ދައްކަން ފެށީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ރޭގަ އެވެ. ވާޝިޔާ މުހައްމަދާއި އަހުމަދު ޝާރިފާއި ޔޫސުފް ޝަފީއު އާއި ކޮޕީ އިސްމާއިލް ރަޝީދު އަދި ސޫޒަން އިބްރާހިމްފުޅު ފަދަ ހުނަވެރިން އުޅޭ މި ފިލްމަށް އެންމެ ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަނީ އޭގައި ހިމެނޭ ވަރުގަދަ ޓްވިސްޓްތަކަށެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

މޫމިން ފުއާދަކީ އޭނާގެ ފިލްމުތަކުގައި އާދަޔާ ހިޔާލު ވާހަކަތައް ވަރަށް މޮޅަށް ތަމްސީލު ކޮށްދިނުމުގައި މީގެ ކުރިން ވެސް އިތުބާރު ހޯދާފައިވާ ރައިޓާ ޑައިރެކްޓަރެކެވެ. އޭނާގެ "ހޭލާ" އާއި "ހެޕީ ބާތު ޑޭ" އަދި "ލޫދިފާ" ފަދަ ފިލްމުތަކަކީ މުޅިން ވެސް އޭނާގެ ޑައިރެކްޝަން އަދި ލިޔުންތެރިކަމުގެ ކުޅަދާނަކަން ބެލުންތެރިންނަށް ވަރަށް ގާތުން އިހުސާސްކުރެވުނު މަސައްކަތްތަކެކެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

ނަމަވެސް ބެލުންތެރިން ބުނަނީ މި ފަހަރުގެ ފިލްމު އަދި މާ ބޮޑަށް ވެސް ތަފާތު ކަމަށެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

"މިއީ މޫމިން ފުއާދުގެ މާސްޓަޕީސްއެއް. ފިލްމީ ދާއިރާގެ އަހަރު ފަށަން މިއަށް ވުރެ ވަކި ވަރުގަދަ އަދި މޮޅު އެހެން ފިލްމަކަށް އުއްމީދެއް ނުކުރެވޭނެކަން ޔަގީން،" ފިލްމު ބަލައި ނިމިގެން، އައި ފިލްމްސްގެ ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނެފައި ވަނީ މިހެންނެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

ކާމިޔާބު ގިނަ ދިވެހި ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ އިލްޔާސް ބުނީ މޫމިންގެ ފިލްމުގެ ވާހަކަ ލިޔުމާ ހަމައިން ފަށައިގެން ގޮސް އޭގެ ޑައިރެކްޝަން އަދި މުޅި ފިލްމުގެ ޖުމްލަ މަސައްކަތް ބުރު ހަމަކޮށްފައި ވަނީ އެފަދަ ދެ ވަނައެއް ނެތް މިސާލެއްގެ ގޮތުގަ އެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

ދިވެހި ސިނަމާގެ ތަޖުރިބާކާރު ޑައިރެކްޓަރު ރަވީ ފާރޫގު ވެސް މި ފިލްމަށް ކީ ތައުރީފާއި ސަނާ އެވެ. އޭނާ ބުނެފައި ވަނީ "އަބަދު އެއްގޮތް ހެން ހީވާ ދިވެހި ފިލްމު ބަލައި ފޫހިވެފައިވާ ނަމަ މި ފިލްމަކީ އެ ތަފާތު ތަޖުރިބާ ކޮށްލަން ލިބޭނެ ޖަވާހިރެއް" ކަމަށެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

"މިއީ އަހަންނަށް މިހާތަނަށް ބެލުނު އެންމެ ސަޅި ދިވެހި ފިލްމު. ފިލްމުގެ ސިނަމެޓޯގްރެފީ އަދި ކަލާގްރޭޑިން ވެސް ހަމަ އެއްވަނަ. ޑައިރެކްޝަން، ސްކްރިޕްޓް އަދި ސައުންޑް ވެސް މުޅި ގައިން ހީބިހިނަގާވަރުވޭ،" ފިލްމު ބެލި އެހެން މީހަކު ބުންޏެވެ.

"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ
"އަބަދަށް" ބެލުންތެރިންގެ ހުއްޓުމެއް ނެތް ތައުރީފު އޮހެނީ

"ވަކިން ހާއްސަކޮށް އެންމެ ކަމުދިޔައީ ފިލްމުގެ ދެ ވަނަ އަދި ތިން ވަނަ އެކްޓްގައި އެ ގެނެސްދީފައިވާ ޓްވިސްޓްތައް. އެންމެ ޓްވިސްޓެއް ވެސް ނޫނޭ އަންނަނީ،" ބެލުންތެރިން ބުންޏެވެ.

"ފިލްމު ނުނިމުނު ނަމައޭ ހިތަށް އެރި. ފިލްމު ނިމުނީމަ ވެސް އިނދެވުނީ. ފިލްމުގެ ދެ ވަނަ ބައެއް ބަލާލަން ބޭނުންވެފައި ހުރި ވަރުން ހަމަ އިން ގޮތަށް އިނދެވުނީ،" ފިލްމުގެ ޓްވިސްޓްތަކަށް ތައުރީފުކުރަމުން ދިޔަ އެހެން ބެލުންތެރިޔަކު ބުންޏެވެ.

"މިއީ ހަމަ ކޮންމެ މީހަކު ވެސް ބަލަން ދާން ޖެހޭ ކަހަލަ ދިވެހި ފިލްމެއް."

މޫމިންގެ މި ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ތަރިންނަށް ވެސް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. ވަކިން ހާއްސަކޮށް އެންމެ ގިނަ ބަޔަކަށް ކަމުގޮސްގެން އުޅެނީ ލީޑް ރޯލު ކުޅެފައިވާ ޝާރިފްގެ ހުނަރެވެ. ފިލްމުގައި އޭނާ ކުޅެފައި ވަނީ ނުރައްކާތެރި ގޭންގްސްޓާރެއެއްގެ ރޯލެވެ.

"މުޅި ފިލްމު އެގޮތުގައި ހިފަހައްޓާލަދިން އެކަކަކީ ޝާރިފްއޭ ބުނެވިދާނެ. ހާދަ މޮޅޭ އޭނަ. އަހަރެން ހުރީ ހަމަ ކޮސްވެފައި. އޭނަ މި ފިލްމުގައި ކުޅެފައިވާ ކެރެކްޓާ އަށް ދިރުން ގެނެސްދީފައިވާ ގޮތް ބަލާލަން އެކަނި ވެސް މި ފިލްމު ބަލަން ފުދޭނެ،" ފިލްމު ބެލި އެހެން މީހަކު ބުންޏެވެ.

މި ފިލްމުގެ ޓިކެޓެއްގެ އަގަކީ 150ރ. އެވެ. ފިލްމުގެ ޓިކެޓްތައް ވިއްކަމުން ދަނީ އޮލިމްޕަހުގެ ކައުންޓަރުންނެވެ.