އިޒްރޭލުގައި ރޯވި އަލިފާން ގުދުސްއާ ދިމާލަށް ފެތުރެނީ
އިޒްރޭލުގައި ރޯވި އަލިފާން ގުދުސްއާ ދިމާލަށް ފެތުރެނީ

އިޒްރޭލުގެ ވަލުތެރޭގައި ރޯވެ އަނދަމުންދާ އަލިފާން ހަލުވިކަމާ އެކު ފެތުރެމުން ގޮސް ގުދުސްއަށް ވެސް ނުރައްކާ ބޮޑުވެއްޖެ އެވެ.

އިޒްރޭލުގައި ރޯވި އަލިފާން ގުދުސްއާ ދިމާލަށް ފެތުރެނީ
އިޒްރޭލުގައި ރޯވި އަލިފާން ގުދުސްއާ ދިމާލަށް ފެތުރެނީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ވަނީ ގުދުސް އަށް އަލިފާން ފެތުރިދާނެ ކަމުގެ ބިރު މިހާރު އެބަ އޮތް ކަމަށާއި ހާލަތު މިހާރު ވަނީ ކުއްލި ހާލަތުގެ ދަރަޖައަށް ގޮސްފައި ކަމަށް ބުނެފަ އެވެ.

އިޒްރޭލުގައި ރޯވި އަލިފާން ގުދުސްއާ ދިމާލަށް ފެތުރެނީ
އިޒްރޭލުގައި ރޯވި އަލިފާން ގުދުސްއާ ދިމާލަށް ފެތުރެނީ

ނަތަންޔާހޫ ބުނީ ހުޅަނގުގެ ވަޔާ އެކު އަލިފާން ގަނޑު ފަސޭހައިން (ގުދުސް) ބޭރުގެ ސަރަހައްދާ ދިމާލަށް އަދި އެ ސިޓީ ތެރެއަށް ވެސް ފެތުރިދާނެ ކަމަށެވެ.

"ގެންދެވެން ހުރި ހުރިހާ ފަޔަ އިންޖީނެއް ގެންގޮސް އަދި އަލިފާން ފެތުރުން ކޮންޓްރޯލްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރަންޖެހޭ. މިހާރު މި ތިބީ ގައުމީ ކުއްލި ހާލަތުގައި. މިއީ ވަކި ސަރަހައްދަކަށް އޮތް ނުރައްކަލެއް ނޫން،" ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ބުންޏެވެ.

"މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ގުދުސް ހިމާޔަތްކުރުމަށް."

ގުދުސް ކައިރީގައިވާ ހައިވޭތަކުގެ ކައިރިން ގަދަޔަށް ދުންއަރަމުން ދާއިރު އަލިފާން ނިއްވާ މީހުން އަލިފާން ކޮންޓްރޯލްކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އަލިފާނުގެ ހާދިސާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައި ވާއިރު އަސްކަރިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ވެސް ނެރެފަ އެވެ.

އިޒްރޭލުގެ މެޖެން ޑޭވިޑް އަޑޮމް (އެމްޑީއެމް) ރެސްކިއު އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ފާއިތުވި އަހަރުތަކުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ. އެ އެޖެންސީން ބުނި ގޮތުގައި މި އަލިފާނުގެ ނުރައްކާ އެތައް ސަތޭކަ އާންމުންނަށް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.

އެމްޑީއެމް އިން ބުނީ އަލިފާނުގެ ހާދިސާތަކުގައި އަނިޔާވި 23 މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި 13 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނު ކަމަށެވެ. މީގެ ތެރޭގައި ގިނައީ ދުމުގެ އަސަރުކޮށްގެން އެކި މައްސަލަތައް ދިމާވި މީހުން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެމްޑީއެން އިން ބުނީ އެލާޓް ލެވަލް މިހާރު ވަނީ އެންމެ މަތީ ޓަޔާ އަށް ބަދަލުކޮށްފައި ކަމަށެވެ.

އާންމުން ބުނަމުން ދަނީ ހޫނު ގަދަވެ އަލިފާނުގެ ހާދިސާތަކުގެ ނުރައްކާ ބޮޑުކަމާއި މޫސުން އޮތް ގޮތް ރަނގަޅަށް އެނގޭ އިރު ވެސް ކަމާބެހޭ އިދާރާތަކުން ތިބީ މިފަދަ ހާލަތަކަށް ތައްޔާރުވެގެން ނޫން ކަމަށެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަލިފާނުގެ ހާދިސާތައް އެންމެ ފުރަތަމަ ހިނގި ބައެއް ސަރަހައްދުތަކުގައި ވެސް އަލުން ރޯވެ ހާދިސާތައް ހިނގަމުން ދާއިރު ފުލުހުން ވަނީ ގުދުސް-ތެލްއަވީވްގެ މައި ހައިވޭ ބަންދުކޮށް އެ މަގުގައި ދިރިއުޅޭ މީހުން އެހެން ހިސާބުތަކަށް ގެންގޮސްފަ އެވެ. އެ ސަރަހައްދުން އެތައް ހާސް ބަޔަކު ވަނީ އެހެން ހިސާބުތަކަށް ގެންގޮސްފަ އެވެ.

ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން ގްވީރް ވަނީ މިއީ ބަޔަކު ގަސްތުގައި ރޯކުރުމުގެ ސަބަބުން ހިނގި ހާދިސާތަކަކަށް ވެދާނެ ކަމަށް ވެސް ބުނެފަ އެވެ. ފުލުހުން ވަނީ ގުދުސްގެ ވަލުތެރޭގެ ސަރަހައްދެއްގައި ރޯކޮށްލަން އުޅުނު ކަމަށް ބުނެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.