"ބަދްރީނާތު ކީ ދުލްހަނިޔާ"ގެ ތިން ވަނަ ފިލްމެއް އުފައްދަން ޑައިރެކްޓަރު ބޭނުންވޭ
"ބަދްރީނާތު ކީ ދުލްހަނިޔާ"ގެ ތިން ވަނަ ފިލްމެއް އުފައްދަން ޑައިރެކްޓަރު ބޭނުންވޭ

"ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަދި "ބަދްރީނާތު ކީ ދުލްހަނިޔާ" ގެ ޑައިރެކްޓަރު ޝަޝާންކް ޚައިރާން ބުނާ ގޮތުގައި މި ސިލްސިލާގެ ތިން ވަނަ ފިލްމެއް ވެސް އުފައްދަން އޭނާ ވަރަށް ބޭނުމެވެ. މިފަހަރުގެ ފިލްމަށް ލިބުނު ތަރުހީބުން ވަރަށް އުފަލުންހުރި ޑައިރެކްޓްރު ބުނީ ފިލްމު ބަލާފައި ނުކުންނަ މީހުންގެ މޫނުގައި ހުންނަ އުފާވެރިކަން ފެނިފައި މި ފްރެންޗައިޒްގެ އިތުރު ފިލްމެއް އުފެއްދުމުގެ ހިތްވަރު ލިބިފައިވާ ކަމަށެވެ.

"ބަދްރީނާތު ކީ ދުލްހަނިޔާ"ގެ ތިން ވަނަ ފިލްމެއް އުފައްދަން ޑައިރެކްޓަރު ބޭނުންވޭ
"ބަދްރީނާތު ކީ ދުލްހަނިޔާ"ގެ ތިން ވަނަ ފިލްމެއް އުފައްދަން ޑައިރެކްޓަރު ބޭނުންވޭ

ނަމަވެސް ތިން ވަނަ ފިލްމެއްގެ ވާހަކަ އަކީ ކޮބައިކަމެއް އަދި ފަށާނެ ދުވަހެއް ވެސް އަދި ނުނިންމާކަމަށް ޝަޝާންކް ބުންޏެވެ.

"ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަދި "ބަދްރީނާތު ކީ ދުލްހަނިޔާ"ގައި ވެސް ލީޑް ރޯލު ކުޅެފައިވަނީ ވަރުން ދަވަން އާއި އާލިއާ ބަޓެވެ. މި ދެ ތަރިންގެ ކެމިސްޓްރީ އާއި އެކްޓިން ހުނަރުން ފިލްމަށް އިތުރު ދިރުމެއް ގެނެސްދީފައިވެ އެވެ. ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ވެފައިވާއިރު ބުދަ ދުވަހާ ހަމައަށް 62.65 ކްރޯޑު (6.2 ބިލިއަން ރުޕީސް) މި ފިލްމުން ވަނީ ހޯދާފަ އެވެ. އަދި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް 100 ކްރޯޑު (10 ބިލިޔަން) އަށް ވުރެ ގިނައިން ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މި ފިލްމު ގިނަ ބަޔަކަށް އެހާ ކަމުގޮސްގެން އުޅެނީ އަންހެނުން ބާރުވެރިކުރުވުމުގެ މެސެޖް ފިލްމުން ދޭތީ ކަމަށްވެ އެވެ.

ޝަޝާންކް ބުނި ގޮތުގައި ފިލްމު ދައްކަމުން ދިޔަ ވަގުތުތަކުގެ ތެރޭގައި އެ މެސެޖު ވަރަށް މަޖާ އަދި އެހާމެ މީހުންނަށް ވިސްނޭ ފަދަ ގޮތަކަށް ދައްކަން އެމީހުން މަސައްކަތް ކޮށްފާނެ އެވެ. އަދި ކްރިޓިކްސް އާއި ބެލުންތެރިންނަށް ފިލްމު އެހާ ބޮޑަށް ކަމުދިޔައީ މި ސަބަބާ ހެދި ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ޝަޝާންކްގެ "ދުލްހަނިޔާ" ސީރީޒްގެ ދެ ފިލްމުގައި ވެސް ލީޑް ރޯލުކުޅެފައި ވަނީ އާލިއާ އާއި ވަރުން އެވެ. ނަމަވެސް ތިން ވަނަ ފިލްމުގައި ހިމެނޭނީ ކޮން އެކްޓަރުންނެއް ކަމެއް އަދި އޭނާއަކަށް ބުނާކަށް ނޭނގެ އެވެ. އޭނާ ބުނި ގޮތުގައި ހުރިހާ އެކްޓަރުންނާ އެކު ވެސް މަސައްކަތްކުރަން ބޭނުންވެ އެވެ. ނަމަވެސް މިވަގުތު އޮތީ ހަމައެކަނި ސްކްރިޕްޓް ލިޔުމުގެ މަސައްކަތެވެ. އެހެން ކަމަކާ ވިސްނާނީ ސްކްރިޕްޓް ލިޔުމަށް ފަހުގަ އެވެ.

"އާމިރު ޚާން ކައިރިއަށް ފިލްމެއް ކުޅެދޭން އެއްބަސް ކުރުވަން ދިޔައަސް އެންމެ ކުރިން ވެސް އަހާނެ ކޮބާހޭ ސްކްރިޕްޓް. އެހެންވީމާ ފުރަތަމަ ސްކްރިޕްޓް ލިޔުމަށްފަހު އެހެން ކަމެއް ކުރާނީ،" ޑައިރެކްޓަރު ބުންޏެވެ،