29 އެޕްރީލް 2025 - 14:53

އަންހެނުންނަށް ހާއްސަކޮށްގެން ސްޓެލްކޯއިން ކުރިޔަށް ގެންދިޔަ ފުރަތަމަ އިލެކްޓްރިޝަން ކޯސް 16 މީހަކު ފުރިހަމަކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ އެ ކޯހަކީ ކަރަންޓަށް ހޭލުންތެރި ކުރުވުމަށާއި އަންހެނުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ "ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯސް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސްޓެލްކޯއިން ބުނީ އެ ކޯހުގައި ބައިވެރިވުމަށް ހުޅުވާލުމުން 350 މީހަކު ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
ފުރަތަމަ ބެޗްގައި 16 އަންހެނަކު ތަމްރީނު ކޮށްފައިވާއިރު، އެ ކޯހުގައި ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުންކުރުމާއި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމުގެ އިތުރުން ކަރަންޓް ވަޔަރުކުރުމުގެ އަސާސީ މައުލޫމާތު ވެސް ވަނީ ކިޔައިދީފަ އެވެ.