ބޭރު ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ ރިވެތި އުސޫލު ދޫކޮށްނުލާ: ރައީސް
ބޭރު ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ ރިވެތި އުސޫލު ދޫކޮށްނުލާ: ރައީސް

ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ބޭރު ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ ރިވެތި އުސޫލު ދޫކޮށްނުލާ: ރައީސް
ބޭރު ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ ރިވެތި އުސޫލު ދޫކޮށްނުލާ: ރައީސް

މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޭރު ގައުމެއްގައި އުޅުނު ނަމަވެސް އަމިއްލަ އައިޑެންޓިޓީ ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.

ބޭރު ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ ރިވެތި އުސޫލު ދޫކޮށްނުލާ: ރައީސް
ބޭރު ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ ރިވެތި އުސޫލު ދޫކޮށްނުލާ: ރައީސް

ރައީސް ވިދާޅުވީ ބައެއް ފަހަރަށް ބޭރުގެ ގައުމުތަކުގައި އުޅޭއިރު އެ ގައުމެއްގެ ޓްރެންޑުތަކާ އެއްގޮތަށް ދިރިއުޅުމަށް ބަދަލުތައް ގެންނަ ކަމަށެެވެ. ދީނުގައި އޮންނަ ހަމަތައް ވެސް ހަނދާން ނެތިގެންދާ ކަމަށާއި އެކަމަކު ދިވެހިންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ކުރަންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމާދުތައް ބަރާބަރަށް ކޮށް، ރަނގަޅަށް އުޅޭ ނަމަ ހުރިހާ ކާމިޔާބެއް ވެސް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެން ދިމާލަކުން ލިބޭނެ އުފަލެއް ނޯންނާނެ. އެހެން ބަޔަކު އުޅޭ ގޮތަށް އުޅެގެން ލިބޭނެ އުފަލެއް ނެތް،" ރައީސް ވިދާޅުވި އެވެ.

މައިންބަފައިންނާއި އާއިލާއާ އެކު އުފާވެރިކަން ހޯދަންޖެހޭނެ ކަމަށާއި އެކަމަކު އެ އުފާވެރިކަން ވެސް ހޯދަން ވާނީ ދީނުގައި އޮންނަ ހަމަތަކުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބޭރު ގައުމުތަކަށް ގޮސް ކިޔަވަނީ އަމިއްލަ ނަފުސާއި މައިންބަފައިންނަށް ހިތްހަމަޖެހުން ހޯދައިދޭން ކަމަށާއި ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ބޭރު ގައުމުތަކުގައި އުޅޭއިރު އެންމެން އެއްބައިވަންތަކަމާއި އެކުވެރިކަމާ އެކު އުޅުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ދިވެއްސަކު އުޅުނަސް ރާއްޖޭގައި އުޅޭ ދިވެހިންނާ އެއްވަރަށް ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.