28 އެޕްރީލް 2025 - 16:28

މާލެ ރަސްފަންނު މޫދަށް އެޅިފައި ހުރި ކަޅުތެޔޮ ނަގައި އެތަން މިއަދު ސާފުކޮށްފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމައި، އެ ސަރަހައްދު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން މިއަދު ހެނދުނު ފުލުހުން އެދުނެވެ. ނަމަވެސް، އެތަނަށް ގޮތެއް އަދިވެސް ނޭނގެ އެވެ. ބޮޑަށް ބެލެވެނީ ކަނޑަށް ކަޅުތެޔޮ އެޅިގެން އޮޔާ ގޮނޑުދޮށަށް އައީ ކަމަށެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް މާލޭގެ އުތުރުފަރާތު ބަނދަރުގެ ފަޅުތެރެއަށް ވަރަށް ގިނައިން ކަޅުތެޔޮ އެޅުނު ހާދިސާއެއް ހިނގި އެވެ. ސިފައިން ދެ ދުވަހު ކުރިން މަސައްކަތުން ގާތްގަނޑަކަށް 15 ފީފާއަށް އެޅޭނެހާ ތެޔޮ އެ ފަހަރު މާލެ ފަޅުތެރެއިން ނަގާފައިވެ އެވެ.