އީވް ކްލިނިކް ވެސްޓްޕާކުގައި އެޑްވާންސް ކޮސްމެޓިކް ޕްރޮސީޖާތައް ތައާރަފްކޮށްފި
އީވް ކްލިނިކް ވެސްޓްޕާކުގައި އެޑްވާންސް ކޮސްމެޓިކް ޕްރޮސީޖާތައް ތައާރަފްކޮށްފި

އީވް ކްލިނިކް ވެސްޓްޕާކުގައި އެޑްވާންސް ކޮސްމެޓިކް ސާޖަރީތައް ތައާރަފްކޮށްފި އެވެ.

އީވް ކްލިނިކުން ބުނީ ކަމާބެހޭ މާހިރުންގެ އިރުޝާދާއި އެކު ޒަމާނީ ކޮސްމެޓިކް ފަރުވާތައް ރައްކާތެރިކަމާ އެކު އެ ކްލިނިކުން ލިބެން ހުންނާނެ ކަމަށެވެ.

އެ ކްލިނިކަށް ތައާރަފްކުރި ހަމުގެ ކޮސްޓެމެޓިކް ސާޖަރީތަކުގެ ތެރޭގައި ސްކިން ޓެގްސް، މޯލްސް އަދި ވޯޓްސް ނައްތާލުމަށް ހަދާ ޕްރޮސީޖާތަކާއި މޫނުގައި ބިހި ނެގުމުގެ ސަބަބުން ލާ ލަކުނުތައް ފިލުވުމަށް ދޭ އެކްނީ ސްކާ ޓްރީޓްމަންޓާއި ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ހަދާ ކެމިކަލް ޕީލް ޓްރީޓްމަންޓު ހިމެނެ އެވެ.

އޭގެ އިތުރުން ލޭޒާ ހެއާ ރިމޫވަލް އާއި ޓެޓޫ ރިމޫވަލްގެ ހިދުމަތް އަދި އިސްތަށިގަނޑު ވަރުގަދަކުރުމުގެ ގޮތުން ޕީއާރުޕީ / ޖީއެފްސީ ޓްރީޓުމަންޓު ވެސް އެތަނުން ދެ އެވެ. އަދި ހަމުގެ އިލާސްޓިސިޓީ އިތުރުކުރުމުގެ ގޮތުން ޕީއާރްޕީއާ އެކު ދޭ މައިކްރޯނީޑްލިން ޓްރީޓްމަނއޓު ވެސް އެތަނުން ލިބެ އެވެ. އެ ކްލިނިކުން ތައާރަފް ކުރި ކޮސްމެޓިކް ސާޖަރީތަކުގެ ތެރޭގައި ލަކުނު ފިލުވުމުގެ ޕްރޮސީޖާ އާއި ސެބޭޝަން ސިސްޓު ނައްތާލުމާއި ނިޔަފަތި ނެގުން ފަދަ ކުދި ޕްރޮސީޖާތައް ވެސް ކުރެ އެވެ.

އީވް ކްލިނިކުން ބުނީ ހަމުގެ އެކި މައްސަލަތަކާއި ހަމުގެ ރީތި ކުރަން އިތުރުކުރުމަށް ބޭނުންވާ ކޮންސަލްޓޭޝަން ވެސް އެ ކްލިނިކުގެ ސްޕެޝަލިސްޓުންގެ ފަރާތުން ލިބޭނެ ކަމަށެވެ. އަދި އެ ކްލިނިކުން ޓްރީޓްމަންޓު ދޭނީ ލައިސަންސް ލިބިފައިވާ ސްޕެޝަލިސްޓުން ކަމަށާއި ފަރުވާ ދިނުމަށް އެ ކްލިނިކުން ބޭނުން ކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ބޭރުގެ ފެންވަރު ރަނގަޅު އާލާތްތައް ކަމަށް ބުންޏެވެ.

އީވް ކްލިނިކުން ބުނީ ހަމުގެ ކޮސްމެޓިކް ފަރުވާތައް ބޭނުންވާ ފަރާތްތަކަށް ހެޔޮއަގުގައި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ޕެކޭޖުތަކެެއްގެ ދަށުން ހިދުމަތްތައް ހޯދޭނެ ކަމަށެވެ.

އެ ކްލިނިކުން ކޮސްމެޓިކް ސާޖަރީތަކާއި ޕްރޮސީޖާތައް ހަދަން ބޭނުންވާ ފަރާތްތަކަށް 7280788 ނުވަތަ 7900788 ނަމްބަރަށް ގުޅައިގެން އަދި ވައިބާ މެދުވެރިކޮށް އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.