22 އެޕްރީލް 2025 - 19:57

ސ. މީދޫން ބިން ކުއްޔަށް ހިފަން ބޭނުންވާ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބިންތައް ދޫކުރަން ނިންމާފައި ވަނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ވިޔަފާރިތަކާއި ކުންފުނިތަކުގެ އިތުރުން ޕާޓްނާޝިޕްތަކަށް ކަމަށެވެ.
އެ ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަންކަމަކީ:
- ސްވިމިންގް ޕޫލު ހެދުން
- ރެސްޓޯރެންޓް ހެދުން
- ފިހާރަ ހިންގުން
- ސެލޫން އެންޑް ސްޕާ ހިންގުން
- އައްޑޫގެ އުފެއްދުންތަކަށް
- ކޮފީ ޝޮޕްތަކަށް
- ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކަށް
ބީލަމުގައި ރަޖިސްޓްރީވުމަށް 300ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހެ އެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ކައުންސިލް އިދާރާގައި އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.