22 އެޕްރީލް 2025 - 10:37

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް އެ ކުށް ސާބިތުވެ، 54 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ 51 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އޭނާގެ މައްޗަށް ސާބިތުވީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ މެދުގައި، އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި، އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި ކަމަށެވެ.
އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއް ކަމަށް ކޯޓުން އިއްވި ހުކުމުގައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެމްބަރު 3، 2022 ގައި ހުޅުމާލެ 2 އިންނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހާގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އޮކްޓޫބަރު 18، 2022 ގަ އެވެ.