21 އެޕްރީލް 2025 - 14:22

ބ. އޭދަފުށީގައި ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ ރަށުގެ ޕޮލިސް ސްޓޭޝަނުން އިއްޔެ އެ މަސައްކަތް ފެށީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް ކަމަށެވެ.
އެހެންވެ، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި، ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ހޯދައި، ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައުއަށް ގެނައުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކުރަން ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ.