20 އެޕްރީލް 2025 - 14:40

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަކަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް އޭސީސީން މިއަދު ވަދެއްޖެ އެވެ.
އޭސީސީން ވަނީ އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަކަށް އެ ކޮމިޝަނުން މިއަދު އެ މިނިސްޓްރީއަށް ވަދެ، ފާސްކުރަން ފަށާފައިވާ ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް، އެ މިނިސްޓްރީއާ ގުޅޭގޮތުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް އޭސީސީން ނުބުނެ އެވެ.
އޭސީސީން އެ މިނިސްޓްރީއަށް ވަދެފައިވަނީ ފުލުހުންނާ ވެސް އެކުގަ އެވެ.
ކުރީގެ ސަރުކާރުގައި ފިޝަރީޒް އާއި އެގްރިކަލްޗާ އެއްކޮށް ހިންގަމުން ދިޔަ މިނިސްޓްރީ، މި ސަރުކާރުން ވަކި ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފަ އެވެ. މިހާރު އެގްރިކަލްޗާ މިނިސްޓްރީ ހިންގަނީ އެނިމަލް ވެލްފެއާގެ ދާއިރާ ވެސް ހިމަނައިގެންނެވެ.