އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފީ
އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފީ

ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީ ކަމަށްވާ އެމެރިކާގެ ހާވާޑް ޔުނިވާސިޓީއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ މިދިޔަ އަހަރުގެ ބައިވެރިން ދަސްވެނިވެއްޖެ އެވެ.

އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފީ
އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފީ

މި ޕްރޮގުރާމަކީ ކޮންމެ އަހަރަކު ދެ މުވައްޒަފުންނަށް ފުރުސަތު ދޭ ޕްރޮގުރާމެކެވެ. އުރީދޫން ބުނި ގޮތުގައި 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް، ކުރިއަރުވައި އަދި ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި މިފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. މި ޕްރޮގުރާމުން މިހާތަނަށް ހަ މުވައްޒަފަކު ވަނީ ދަސްވެނިވެފަ އެވެ.

އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފީ
އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފީ

އުރީދޫން ބުނީ މި ޕްރޮގުރާމަށް ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ދެ މުވައްޒަފަކު ފޮނުވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މި ޕްރޮގުރާމްގައި ކޮންމެ އަހަރަކު ބައިވެރިވާ މުވައްޒަފުން ކުންފުންޏަށް އާ އީޖާދީ ހިޔާލުތައް ގެނެސްދޭ ކަމަށާއި އަދި މި ކަމަކީ ހުނަރުވެރިން ބިނާކޮށް، މުވައްޒަފުންގެ ކުރިއެރުމަށް އެ ކުންފުނިން އިންވެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުން އުރީދޫއިން އަންނަ އޮތް ޖީލުތަކުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.