200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!

ދިރާގުން ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ސްމާޓް ހޯމް ކިޓެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.

އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 200ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ ރިޗާޖު ކޮށްގެންނެވެ. މި ޕްރޮމޯޝަންގައި ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގުން ދޭ ސްމާޓް ހޯމް ކިޓުގައި އައުޓްޑޯ ކެމެރާ، އިންޑޯ ކެމެރާ، ޑޯބެލް ކެމެރާ އަދި ދިރާގު އޮރެންޖެ ބޮކްސް ހިމެނެ އެވެ.

ދިރާގުން ކަސްޓަމަރުންގެ ތެރޭގައި މަގުބޫލު މިފަދަ އެކި ޕްރޮމޯޝަންތައް ހިންގަ އެވެ.